އޮފީސްތަކުގެ އިސް ސަފުގައި އަންހެނުން ބައިވެރި ކުރަންވީ މިހެންވެ!
އޮފީސް ވަޒީފާތަކަށް ބަލާއިރު އާދައިގެ މަގާމުތަކުގައި އެންމެ ގިނައީ އަންހެނުންނެވެ. ކޮންމެ ގައުމެއްގެ ކޮންމެ އޮފީހަކަށް ބަލާލިއަސް މޭޒު ކައިރީ އިނދެގެން އަދާކުރާ ވަޒީފާތަކުގައި ގިނައީ އަންހެނުންކަން އެނގޭނެ އެވެ.
ކަންމިހެން އޮތް ނަމަވެސް އޮފީސްތަކާއި ކުންފުނިތަކުގެ ނިންމުންތައް ނިންމާ ލެވެލް ނުވަތަ މެނޭޖްމަންޓް މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން ނިސްބަތުން މަދުކަން ފާހަގަކޮށްލެވެ އެވެ.
މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން ވެސް މިކަމަށް ބާރުދެ އެވެ. ވަޒީފާގެ މާހައުލުގެ ނިންމުންތައް ނިންމުމުގައި އަންހެނުންގެ...