ރައީސް މުއިއްޒު ފާލުން ނެއްޓިއްޖެ ކަމަށް ބުނެ އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ފާލުން ނެއްޓިއްޖެ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މުޒާހަރާއަށް ނުކުންނާނެކަން އިއުލާންކޮށްފި އެވެ.
އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ރައީސް މުއިއްޒު ފާލުން ނައްޓައިފި ކަމަށެވެ. އެހެންވެ، އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރުމަށް މިރޭ 8:30 ގައި މާލޭގެ މަގުތަކުގައި ކުއްލި ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
ޝަރުއީ ދާއިރާ ރައީސް މުއިއްޒުގެ ކޮންޓްރޯލްގެ ދަށަށް ގެނަން ކުރަމުންދާ މަސައްކަތާ ދެކޮޅަށް...