ރައީސް މުއިއްޒުގެ އަރިހަށް މަސްޖިދުއް ނަބަވީގެ އިމާމު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ރައީސް މުހައްމަދު މުއިއްޒުގެ އަރިހަށް މަސްޖިދުއް ނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ސަލާހުލް ބުދައިރު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މަސްޖިދުއް ނަބަވީގެ އިމާމަށް މަރުހަބާ ދަންނަވާ ސައުދީ އަރަބިއާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުމަށް އަލިއަޅުވާލައްވާފަ އެވެ.
މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވަމުން...