އެމިރޭޓްސްގެ ބޯއިން 777ގެ ދަތުރުތައް ރާއްޖެއަށް ޖޫންމަހު ފަށަނީ
އަޕްގްރޭޑްކޮށްފައިވާ އެމިރޭޓްސްގެ ބޯއިން 777ގެ ދަތުރުތައް ރާއްޖެ ހިމެނޭ ހެން އިތުރު 8 މަންޒިލަކަށް ފެށުމަށް އެ އެއާލައިނުން ނިންމައިފި އެވެ.
އެ އެއާލައިނުގެ ބޯއިން 777ގެ ދަތުރުތައް ފެށުމަށް ހަމަޖައްސާފައި ވަނީ އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ.
އެމިރޭޓްސްގެ ބޯއިން 777ގެ ދަތުރުތައް ރާއްޖެ ހިމެނޭހެން އިތުރު 8 މަންޒިލަކަށް ފެށުމަށް ނިންމާފައިވަނީ އެ އެއާލައިންގެ ރެޓްރޯފިޓް ޕްރޮގްރާމުގެ ދަށުން އެއާލައިންގެ ފްލީޓުގައި ހިމެނޭ ބޯޓުތައް އަޕްގްރޭޑްކުރުމަށް ފަހު...