ސަބަބެއް ނާންގައި މިއަދުގެ މަޖިލީހުގެ ޖަލްސާ ވެސް ކެންސަލްކޮށްފި
އެއްވެސް ސަބަބެއް ބަޔާންކުރުމަކާ ނުލައި މިއަދު ވެސް މަޖިލީހުގެ ޖަލްސާއެއް ނުބޭއްވުމަށް ނިންމައިފި އެވެ. މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވާފައިވާ މެސެޖެއްގައި މިއަދުގެ ޖަލްސާ ނުބޭއްވޭނެކަމަށް އަންގާފައިވާއިރު، ޖަލްސާ ކެންސަލްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. މިކަމާ ގުޅޭގޮތުން ބައެއް މެންބަރުން ދެކޭގޮތުގައި މިއީ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތުމުގެ ސަބަބުން ދިމާވެފައިވާ ކަމެކެވެ. އެހެންނަމަވެސް، އަނެއްބައި މެންބަރުން ގަބޫލުކުރާގޮތުގައި ޖަލްސާތައް ކެންސަލް ކުރަމުންދަނީ ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުރަސްއެޅުމުގެ ގޮތުން...
0 Комментарии 0 Поделились