ދުނިޔޭގެ މެގްނެޓިކް ޕޯލްތައް ދަނީ ބަދަލުވަމުން: ދިރާސާ
ބިމުގެ މެގްނެޓިކް ޕޯލްތައް ބަދަލުވަމުންދާކަމާއި، މިހާރު އެ ޕޯލް ސައިބީރިއާއާ ކައިރިވެފައިވާ ކަމަށް ސައިންޓިސްޓުން ބުނެފި އެވެ.
މި ބަދަލާ ގުޅިގެން، ދަތުރުފަތުރުގައި ބޭނުންކުރާ ނެވިގޭޝަން ސިސްޓަމްތަކަށް މުހިންމު އަޕްޑޭޓެއް ގެނެވިފައިވާ ކަމަށް ވެސް ބުނެ އެވެ.
މެގްނެޓިކް ޕޯލްގެ މަގާމު ކަނޑައަޅަނީ ބިމުގެ މެގްނެޓިކް ބާރުންނެވެ. މި ބާރަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެކެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި މެގްނެޓިކް ޕޯލްގެ ހަރަކާތްތައް ވަނީ އާދަޔާ ހިލާފަށް ބަދަލުވެފައި ކަމަށް ދިރާސާއިން ހާމަވެ...