ދޮންކެޔޮ ކެވިގެން ރޭޑިއޯ އެކްޓިވް ވެދާނެތަ؟
ދޮންކެޔޮ އަކީ އެތައް ބައެއްގެ ޑައިޓުގެ ބައެކެވެ. ނަމަވެސް، ދޮންކޭލުގައި ކުޑަ މިންވަރެއްގެ ރޭޑިއޯއެކްޓިވިޓީ އެކުލެވޭކަން އެނގޭހެއްޔެވެ؟
މިކަން ވަނީ ދޮންކެޔޮލުގައި ޕޮޓޭސިއަމް ގިނައިން އެކުލެވޭތީ އެވެ. ޕޮޓޭސިއަމްގެ ގުދުރަތީ އައިސޮޓޯޕެއް ކަމަށްވާ ޕޮޓޭސިއަމް 40 އަކީ ރޭޑިއޯއެކްޓިވް މާއްދާއެކެވެ.
ދޮންކޭލުގެ ރޭޑިއޯއެކްޓިވިޓީ އެހާ މަތިނޫނަސް، ދޮންކެޔޮ އުފުލާ ލޮރީއެއްގައި ހުންނަ ރޭޑިއޭޝަން ވަރަށް ބޮޑެވެ. އެހާ ބޮޑުވާތީ، ނިއުކްލިއާ ހަތިޔާރު ހޯދުމަށް ބޭނުންކުރާ ރޭޑިއޭޝަން ޑިޓެކްޓަރުތަކުގައި ވެސް ދޮގު އިންޒާރު އިއްވަ...