ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަން ފަށައިފި: ސައީދު
ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް އިކޮ ނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން މާޗު މަހާ ހަމައަށް 150 މިލިއަން އެމެރިކާ ޑޮލަރު ބޭންކުތަކަށް މާރުކޮށްފައި ވާކަމަށެވެ. އަދި އެއީ އުންމީދު ނުކުރާވަރުގެ ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވި އެވެ.
މީގެކުރިން ޑޮލަރު މާރުކުރާ ވަރަށްވުރެ 40 ޕަސެންޓް އިތުރަށް...