ދެވަނަ ބުރު އުވާލަން މަސައްކަތްކުރަނީ މެޖޯރިޓީ ޔަގީންނުވާތީ: މަހުލޫފް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާއި އިލެކްޓްރޯނިކް ވޯޓިން ތައާރަފުކުރުމާ ގުޅޭގޮތުން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މަހުލޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ހަރަދުކުޑަކުރުމުގެ ނަމުގައި ދެވަނަ ބުރު އުވާލަން ވަކާލާތުކުރާނީ ރައްޔިތުންގެ ސީދާ ވޯޓުން 50 ޕަސެންޓް ލިބިދާނެ ކަމަށް ޔަގީން ނުވާ ކެންޑިޑޭޓުން ކަމަށެވެ. އަދި މިކަމުގެ ފަހަތުގައި ފޮރުވިފައި އޮތް އެންމެ ބޮޑު ސިއްރަކީ، މިބަދަލާއެކު އިލެކްޓްރޯނިކް ވޯޓިން...