އިނގުރައިދޫގައި އުޅޭ ބުޅާތައް ފަޅުރަށަކަށް ގެންދަނީ
ރ. އިނގުރައިދޫގައި އުޅޭ ބުޅާތައް ހިފާ، ފަޅުރަށަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް އިނގުރައިދޫ ކައުންސިލުން އިއުލާނުކޮށްފި އެވެ.
އިނގުރައިދޫ ކައުންސިލުން ގެޒެޓް ކުރި އިއުލާނެއްގައި ވަނީ އެރަށުގައި މިހާރަކަށް އައިސް އާންމުންނަށް އުނދަގޫވާ ވަރަށް ބުޅާ ގިނަވެ، ބުޅާ މަދުކުރުމަށް ރައްޔިތުންގެ ފަރާތުން އެދިފަ އެވެ.
އެހެންކަމުން ރައްކާތެރި ގޮތުގައި ބުޅާ ހިފައި، އެއްވެސް ކައުންސިލެއްގެ އިހުތިސާސް ތެރޭގައި ނުހިމެނޭ ފަޅުރަށަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެ...