އަހަރެމެންގެ ސޯލާ ސިސްޓަމްގައި ފާރެއް ވޭތަ؟
ހުޅަނގުގެ ދިރާސާކުރާ ބައެއް ފަރާތްތަކުން، އަހަރެމެންގެ ސޯލާ ސިސްޓަމްގައި "ފާރެއް" އޮތް ކަމަށް ބުނެ އެވެ. މިކަމުގެ ހަގީގަތަކީ ކޮބައިބާވަ އެވެ.
ދިރާސާކުރާ އިލްމުވެރިން މިފަދައިން ބުންޏަސް މިއީ ހަގީގަތުގައި ފާރެއް ނޫނެވެ. މިއީ ސޯލާ ސިސްޓަމްގެ އެންމެ ބޭރު ސަރަހައްދުގައި ހުންނަ ވަރަށް ޚާއްސަ ސަރަހައްދެކެވެ. މި ސަރަހައްދަށް ކިޔަނީ "ހީލިއޯޕޯޒް" އެވެ.
ހީލިއޯޕޯޒަކީ އިރުގެ ވައި (ސޯލާ ވިންޑް) އާއި ތަރިތަކުގެ ވައި (އިންޓަސްޓެލާ ވިންޑް) ބައްދަލުވާ ހިސާބެވެ. މި...