ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު މުޖުތާޒު ސީއެސްސީގެ މެމްބަރު ކަމަށް އައްޔަންކޮށްފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުޖްތާޒް ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފި އެވެ.
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަންކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ސީއެސްސީގެ މެންބަރުކަމުގެ ހުވާ މުޖުތާޒަށް ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދެވެ. މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ އެ ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަނުކުރި ކަމުގެ...