ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން އިއްޔެ އަތުލައިގެންފި އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ވޭޕް މަނާކޮށް، ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ އިންތިހާއަށް ބޮޑުކުރުމާއެކު ސިނގިރޭޓާއި އެނޫން ވެސް ދުންފަތުގެ ހުރިހާ ބާވަތެއްގެ އަގުތައް ވަނީ އަތްނުފޯރާ ހިސާބަށް އުފުލި، ވަގަށް ސިނގިރެޓާއި ދުންފަތުގެ ބާވަތްތައް އެތެރެކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ވަގަށް ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް އެތެރެކުރަނީ ކަސްޓަމްސްގެ އޮފިސަރުންނާ...