ދެވަނަ ބުރު ނުބާއްވާގޮތަށް ހަދަން ރައީސް މުއިއްޒު ބޭނުންވަނީ ފަސޭހައިން ވެރިކަން ހޯދަން!
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބާއްވާގޮތަށް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވަނީ އެއީ އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ލިބޭނެ ފަސޭހަ މަގެއްކަން ދެކިގެން ކަމަށް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވެއްޖެ އެވެ.
"ހުރިހާ"އާ ވާހަކަދެއްކެވި ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ނުބާއްވާގޮތަށް ހަމަޖައްސަން ގާނޫނުއަސާސީ އިސްލާހު ކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހަށް ހުށަހަޅާނެކަން އެމަނިކުފާނު...