ކުޅުދުއްފުށި ކައިރިން މަސްހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފި
ހދ. ކުޅުދުއްފުށީ ކައިރި ސަރަހައްދަކަށް، މަސްހިފުމަށް ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
މިހާދިސާ ހިނގީ މިއަދު ހެނދުނު 7 ޖަހާކަންހާއިރު ކަމަށްވެ އެވެ. އަދި މި ހާދިސާގައި ޒަހަމްވެފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވަނީ މިހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލަށް ޒަހަމްވި މީހާ ގެންދެވުނުކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި އެ ޒުވާނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެވި މިހާރު...