ހޮލީވުޑްގައި ބޮލީވުޑް ތަރިންގެ ނުފޫޒު ގަދަވަނީ!
ބޮލީވުޑްގެ ފިލްމުތަކުން ފެނިގެންދިޔަ ބައެއް ތަރިން މިހާރު ވަނީ ބޮލީވުޑް ދޫކޮށް ހޮލީވުޑްގެ މަސައްކަތްތައް ފަށައިފަ އެވެ. އޭގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ ފަދަ ތަރިން ފާހަގަކޮށްލެވޭއިރު އެތަރިންނަށް ބޮޑު ކާމިޔާބީއެއް ވެސް އަންނަނީ ލިބެމުންނެވެ.
އެހެން ނަމަވެސް ބޮލީވުޑްގެ ބައެއް ތަރިންނަކީ ހޮލީވުޑް ފިލްމުތަކުގައި އެކްޓް ނުކުރި ނަމަވެސް އެ ތަރިންގެ އަޑު މެދުވެރިކޮށް ހޮލީވުޑްގައި ފިޔަޖަހާލި ތަރިންނެވެ. މި ބަލާލަނީ ހޮލީވުޑް ފިލްމުތަކަށް އަޑު އަޅައިދިން ބައެއް ބޮލީވުޑް...