ވައިޑްބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ވަރަށް އަވަހަށް ދެކުނު އެފްރިކާއަށް ފަށަނީ
ވައިޑްބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ވަރަށް އަވަހަށް ދެކުނު އެފްރިކާއަށް ފަށަން ހަމަޖެހިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
މިކަމާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވިއަންގެ ފައިނޭންޝަލް ކޮންޓްރޯލަރު އަހުމަދު ރަމީޒް ވިދާޅުވީ ފްލައިޓް ގެނެސް ހިދުމަތް ފަށައި، ވޭތުވެދިޔަ 3 މަހެއްހާ ދުވަހު، 5000އަށް ވުރެ ގިނަ ފަސިންޖަރުން އެބޯޓުގައި އުފުލާފައިވާކަމަށާއި އިތުރު މަންޒިލްތަކަށް ދަތުރުފެށުމުގެ ތައްޔާރީތައް ވަރަށް ބާރަށް...