އަހަރެއްހާ ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ
ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން، ރައީސް މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަން ތައްޔާރުވެއްޖެ އެވެ.
އަންނަ މެއި މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް ރައީސް ވިދާޅުވީ މިއަދު ކުރިއަށް ގެންދެވި "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރައީސް ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ ގިނަ...