ހުޅުމާލޭގައި ބިނާކުރާ ބޮޑެތި އިމާރާތްތަކުގައި ނަމާދު ކުރާނެ ޖާގަ ބާއްވަން ލާޒިމުކުރަނީ
ހުޅުމާލޭގައި ބިނާކުރެވޭ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް އަލީ ސައީދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
https://x.com/Mohamedshaheem1/status/1912448021582999785
މި ޕޯސްޓްގައި މިނިސްޓަރު ޝަހީމް ވަނީ މިކަމާ ގުޅިގެން އެޗްޑީއީން އެކްސް ގައި ޕޯސްޓްކުރި އެބޭފުޅާގެ ވީޑިއޯއެއްވެސް ހިއްސާކުރައްވާފަ އެވެ.
މި...