މުއްދަތު ހަމަވިއިރު ފްލެޓްގެ އަދަދަށް ވުރެ ހުށަހެޅި ޝަކުވާގެ އަދަދު ދެގުނަ އިތުރު
ކުރީ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސޯޝަލް ހައުސިންގެ 4،000 ފްލެޓްގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި މުއްދަތުގައި 8،600 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ޝަކުވާތަކުގެ ތެރޭގައި 4،000 ފްލެޓް ލިސްޓުގައި ހިމެނޭ މީހުން ޕޯޓަލް މެދުވެރިކޮށް ހުށައެޅި ޝަކުވާތަކާއި، އަދި އާއްމުކޮށް ހުޅުވާލި ފުރުސަތުގައި އީމެއިލުންނާއި ސިޓީގެ ޒަރިއްޔާއިން އާއްމުން ހުށައަޅާފައިވާ ޝަކުވާތައް ހިމެނޭ ކަމަށެވެ.
މިގޮތުން...