ފައްޔާޒް، މަންދީ އަދި އެމްޑީޕީއަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ ދައުވާކޮށްފި
މުޒާހަރާއެއްގައި ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅޭގޮތުން ދެއްކި ވާހަކައަކާއި ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ދައުވާ އުފުލައިފި އެވެ.
ރައީސްގެ އާއިލާގެ ފަރާތުން މި މައްސަލަ ކޯޓުގައި ދައުވާ އުފުލާފައިވާ ރެހެންދި ޗެމްބާސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަންދީ އާއި...