ކުރީގެ މެމްބަރު މުޖުތާޒް ސީއެސްސީއަށް އައްޔަނުކުރަން ރުހުން ދީފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުޖްތާޒް އައްޔަންކުރަން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރެއްވި މުޖުތާޒްގެ ނަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވުމުން، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނީ އޭނާއަށް ރުހުން ދޭން ފެންނަ ކަމަށެވެ.
ސީއެސްސީގެ މެމްބަރުކަމަށް މުޖުތާޒް އައްޔަނުކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން...