ލަންދޫ މާބަދިގެ ތަރައްގީ ކުރުމުގެ މައްސަލަ އޭޖީއަށް ހުށަހަޅައިފި
ލަންދޫ މާބަދިގެ ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަވާލުކުރެވުނު މަސައްކަތް ނުނިމި ލަސްވަމުންދާތީ، މި މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއު 2022 ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު ފެށި، 2024 ވަނަ އަހަރަށް ނިންމުމަށް ހަވާލުކުރެވުނު ނަމަވެސް، މިހާތަނަށް އެއްވެސް...