5 އަހަރަށްފަހު ޕްރިޔަންކާ އެނބުރި ބޮލީވުޑަށް އަންނަނީ؟
ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ ބޮލީވުޑަށް އެނބުރި އަންނަން އުޅޭ ކަމަށް ހަބަރުތައް ބުނެފި އެވެ.
އެގޮތުން އަހަރުތަކަކަށްފަހު ޕްރިޔަންކާގެ އެންމެ ފުރަތަމަ ބޮލީވުޑް ފިލްމަކަށް ވެގެންދާނީ މަޝްހޫރު ފިލްމް ފްރެންޗައިޒް "ކްރިޝް"ގެ ހަތަރުވަނަ ފިލްމުން ކަމަށް ބުނެވެ އެވެ.
މި ފިލްމަށް ޕްރިޔަންކާ އާނބަސް ބުނެފައިވާ ކަމަށް އަޑުތައް އަރަން ފެށީ އެ ފިލްމުގެ ޑައިރެކްޓަރު ރިތިކް ރޯޝަން އެމެރިކާއަށް ކުރަމުންދާ ދަތުރުގައި ޕްރިޔަންކާއާއި...