ފެނަކަގެ ޕެޓީ ކޭޝްއިން 6 ލައްކަ ރުފިޔާގެ ހިޔާނާތެއް، ދައުވާ ކުރަނީ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)ގެ ޕެޓީ ކޭޝްއިން ހަ ލައްކަ އަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ތިން މީހަކަށް ދައުވާކޮށްދޭން އެދިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީން ބުނީ މި މައްސަލަ ތަހުގީގުކޮށް މިއަދު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ފެނަކަގެ ސައިޓްތަކުގެ ތެރެއިން ސ.ހިތަދޫ ސެންޓްރަލް ޕަވަ ސްޓޭޝަން ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީ...