ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ހުށައެޅުމުން އަނޫ މަލިކް ހައިރާން ކޮށްލައިފި
އިންޑިއާގެ ރިއަލިޓީ ޝޯއެއް ކަމަށްވާ "ބެޓެލް އޮފް ބޭންޑްސް"ގައި ބައިވެރިިވި ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ހުށައެޅުމުން މަޝްހޫރު ލަވަކިޔުންތެރިޔާ އަނޫ މަލިކް ހައިރާން ކޮށްލައިފި އެވެ.
ރޭ ބޭއްވި އެ ޝޯގެ އެޕިސޯޑުގައި ގެސްޓް ފަނޑިޔާރެއްގެ ގޮތުގައި ބައިވެރިވި އަނޫ ބުނެފައި ވަނީ އެ ބޭންޑުގެ ހުށައެޅުމަށް މުބާރާތުގެ އެއްވަނަ ހައްގުވާ ކަމަށެވެ.
އެގޮތުން އެ ބޭންޑުގެ ލީޑު ލަވަކިޔުންތެރިޔާ އަދުހަމްގެ ހުނަރު ވަކިން ފާހަގަކޮށް އަނޫ ވަނީ އޭނާއަށް...