އިސްތިސްނާތަކާއެކު އިޒްރޭލް ޕާސްޕޯޓް މަނާކުރަން ފާސްކުރި ބިލު ތަސްދީގުކޮށްފި
އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ވަގުތު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިިފި އެވެ. މި ބިލަކީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. މި ބިލުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިޒްރޭލްގެ ޕާސްޕޯޓުގައި...
0 Commentarios 0 Acciones