ޓިކްޓޮކް މެދުވެރިކޮށް ފައިސާ ހޯދޭނެ ގޮތްތައް ފަހިކުރުމަށް މަޝްވަރާކޮށްފި
ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކުން ފައިސާ ހޯދޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަޝްވަރާ ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި ވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލު ޓިކްޓޮކުން ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
މިގޮތުން މިނިސްޓްރީން ބުނީ މިކަމުގެ މަޝްވަރާތަކަށް ރާއްޖެ އައިސްފައިވާ ޓިކްޓޮކްގެ އިސް ވަފުދަކާ އެކު ބައްދަލުވުން ބާއްވާފައިވާ...