ސިނާނުގެ ގޮނޑި ގެއްލުނުކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުގައި ރަޖިސްޓްރީ ކޮށްފި
ދަރަންޏެއް ނުދައްކާތީ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ރަޖިސްޓްރީކޮށްފި އެވެ.
ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީ މެންބަރު ސިނާނުގެ ގޮނޑިއާއި މެދު ސުވާލު އުފައްދައި އެމައްސަލަ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބު ސަލީމެވެ.
މި މައްސަލައިގައި އޭނާ ބުނެފައިވާ ގޮތުގައި، އެހެން ބަޔަކާ ބައިވެރިވެގެން...