ބާޒާރު ކުރާއިރު މިކަންކަމަށް ސަމާލު ވާތި!
އާއްމު ދިރިއުޅުމުގައި ބާޒާރު ކުރުމަކީ އެކަމަކާ ނުލާ ނޫޅެވޭނެ ކަމެކެވެ. ކޮންމެ ވެސް ބޭނުމެއްގައި ފިހާރައަކަށް ވަންނަން ނުޖެހޭ ދުވަހެއް މަދުވާނެ އެވެ.
އެހެން ކަމުން ބާޒާރު ކުރުމުގައި ހަނދާން ކުރަން ޖެހޭ ކަންކަމަށް ސަމާލު ވުމަކީ އެކަމުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ހޯދޭނެ ކަމެކެވެ.
ފުރަތަމަ ކަމަކަށް ބާޒާރަށް ދާ އިރު، އަތުގައި ހުރި ހުރިހާ ފައިސާއެއް ނުގެންދާށެވެ. އޭގެ ބަދަލުގައި، ބާޒާރުގައި އެފަހަރަކު ހޭދަ ކުރެވޭނެ އެންމެ ގިނަ...