ކެމެރާތައް ނުހުންނަ ގޮޅިތައް ގަވާއިދުން މޮނިޓާކުރަން ލަފާދީފި
ސީސީޓީވީ ކެމެރާ ނެތް ބަންދު މަރުކަޒުތަކުގެ ގޮޅިތަކުގައި ކެމެރާ ހަރުކުރެވެންދެން ގަވާއިދުން މޮނިޓާކުރަން ކަމާބެހޭ އިދާރާތަކަށް އެޗްއާރްސީއެމް އިން ލަފާދީފި އެވެ.
ހދ. ކުޅުދުއްފުށީ ކަސްޓޯޑިއަލްގައި އިތުރު މީހަކު އަމިއްލައަށް މަރުވުމުން އެޗްއާރްސީއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ފުލުހުންގެ ހުރިހާ މަރުކަޒުތަކުގެ އެތެރޭގައި އަދި ބޭރުގައި ސީސީޓީވީ ކެމެރާ ހަރު ކުރަން އެންގި ނަމަވެސް ބަޖެޓުގެ ދަތިކަން ހުރި ކަމަށް ބުނެ މިހާތަނަށް ހުރިހާ ތަނެއްގައި ކެމެރާ ހަރުކުނުކުރާ...