އަޒަރުބައިޖާނުގެ ސަފީރުކަމަށް އަބްދުއްރަހީމަށް މަޖިލީހުން ރުހުން ދީފި
ރާއްޖޭގެ ފަރާތުން އަޒަރުބައިޖާނަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް ގ. ކަނޑުތޮޅިއާގެ، ލެފްޓަނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އައްޔަން ކުރަން މަޖިލީހުން ރުހުންދީފި އެވެ. އަޒަރުބައިޖާނުގެ ސަފީރުކަމަށް އަބްދުއްރަހީމް އަށް މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ. ރިޕަބްލިކް އޮފް އަޒަރުބައިޖާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމަށް ޓަކައި އަބްދުއްރަހީމްގެ ނަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ މި މަހުގެ 7 ވަނަ ދުވަހު...
0 Commentarios 0 Acciones