މޯލްޑިވިއަނުން ފަސިންޖަރުންގެ ލިސްޓުން އާއްމުން ފަހު ވަގުތު އުނިކުރާކަމުގެ ތުހުމަތު!
ގައުމީ އެއާލައިން، މޯލްޑިވިއަނުން ސިޔާސީ ބޭފުޅުންނަށާއި ނުފޫޒުގަދަ މީހުންނަށް ޖާގަދޭން ފަހު ވަގުތު ފްލައިޓްތަކުގެ ޕަސެންޖަރުންގެ ލިސްޓުން އާއްމުން އުނިކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުން އަންނަ "ހަސަން ކުރުސީ" އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ، ޓޫރިސްޓަކަށް ޖާގަ ދޭން ކަމަށް ބުނެ އޮޅުވާލައި، މޯލްޑިވިއަންގެ ޕަސެންޖަރުންގެ ލިސްޓުން އާއްމުން އުނިކުރަމުން އަންނަ ކަމަށެވެ.
އެހެން ނަމަވެސް މިއީ ސިޔާސީ ފަރާތްތަކާއި ނުފޫޒުގަދަ ފަރާތްތަކަށް ފްލައިޓުން ޖާގަދިނުމަށް...