މޯލްޑިވިއަނަށް އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދަން އިއުލާނު ކޮށްފި
ގައުމީ އެއާލައިން، މޯލްޑިވިއަނަށް އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފި އެވެ.
ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ އައިލެންޑް އޭވިއޭޝަނުން ގެޒެޓް ކުރި އިއުލާނެއްގައި ބުނީ، ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އެއާބަސް އޭ 330-200 މަރުކާގެ މަތިންދާބޯޓެއް ހޯދަން ބޭނުންވާ ކަމަށެވެ.
މި އިއުލާނުގައި ބުނެފައިވާގޮތުގައި މަތިންދާބޯޓުގައި ބިޒްނަސް އަދި އިކޮނޮމީ ކްލާސް ހުންނަންވާނެ އެވެ. އަދި ބިޒްނަސް ކްލާހުގައި މަދުވެގެން 20 ސީޓު އިންނަންވާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
މަތިންދާބޯޓު...