ފިލިޕިންސްގައި މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި ދިވެހި ދަރިވަރަކަށް އަނިޔާވެއްޖެ
ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދިޔަ ދިވެހި ދަރިވަރަކު މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި މިއަދު ހެނދުނު ހިނގި ނުރައްކާތެރި ހާދިސާއެއްގައި ވަރަށް ބޮޑަށް ޒަޚަމްވެއްޖެ އެވެ.
މި ހާދިސާގައި ޒަޚަމްވެފައި ވަނީ ހދ. ހަނިމާދޫ، އަބްދުލް މާނިއު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މާނިއު އުދުއްސި ސެސްނާ -125 މަރުކާގެ މަތިންދާބޯޓު ބިމަށް ޖައްސާ ނިމުމަށްފަހު، ބޯޓުގެ އިންޖީނު ނިއްވާ ނުލައި ފައިބައިގެން ދަނިކޮށް، ބުރަފަތިގައި ޖެހިގެންނެވެ.
"ބޯޓުން ފައިބައިގެން ދަނިކޮށް...