މާންދޫ ސަރަހައްދުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ނިޔާވެއްްޖެ
ލ. މާންދޫ ސަރަހައްދު ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދިވެހި ޒުވާނާ ނިޔާވެއްޖެ އެވެ.
ފޮނަދޫން ގަމަށް ދާން ހަދާފައިވާ ލިންކު ރޯޑުގެ މާންދޫ ތެރެއިން އޮންނަ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓް ވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ ދަންވަރު 1:40 ގައި ކަމަށް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓުގައި ނިޔާވީ ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް 30، އެވެ.
އޭނާ ނިޔާވެފައި...