މުލިއާގޭ ހަރަދާ ގުޅިގެން ފަތުރަނީ ދޮގު މައުލޫމާތުކަމަށް ބުނެފި
ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަކޮށްފައިވާ ހާއްސަ ރަށް، އާ ރަށުގެ އެއް ދުވަހުގެ ކެއުމަށް 9000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރާ ވާހަކަ ދޮގުކޮށްފި އެވެ.
ސަރުކާރުން މިކަން ދޮގުކުރީ ރައީސުލްޖުމްހޫރިއްޔާގެ ކޭންބެއްލެވުމަށް އާ ރަށަށް ގެންދަން ގަތް ތަކެތީގެ ރަސީދެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.
ރައީސް މުހައްމަދު މުއިއްޒު ދިރިއުޅުއްވާ މުލިއާގެ ކަންކަން ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރު އިގްބާލް އާދަމް ޕީއެސްއެމް ވިދާޅުވިގޮތުގައި ކުރީގެ އެކިއެކި ރައީސުން ރަސްމީ ބަޖެޓުން...