އަހަރަކު މިލިޔަނަކަށް ވުރެ ގިނަ ފަހަރު ބިންހެލުން ދުނިޔެއަށް އާދޭ
އަހަރަކު މިލިޔަނަކަށް ވުރެ ގިނަ ފަހަރު ބިންހެލުން ދުނިޔެއަށް ލިބޭކަން ދިރާސާތަކުން ދައްކަ އެވެ. މި ބިންހެލުންތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބިންހެލުންތައް ދެމިގެންދަނީ ސިކުންތުކޮޅަކަށް ކަމުގައި ވިޔަސް، ބޮޑެތި ބިންހެލުންތައް މިނެޓުތަކަކަށް ދެމިގެންދެ އެވެ.
ދުނިޔޭގައި ހިނގާ ބިންހެލުންތަކުގެ 90 އިންސައްތައަކީ ދުނިޔޭގެ ބިމުގެ ފަށަލަތަކުގެ ކައިރިތަކުގައި ހިނގާ ކަންކަމުގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ. މި ފަށަލަތައް އެއްވެ، ވަކިވެ ނުވަތަ އެއްފަށަލައެއްގެ މަތިން އަނެއް ފަށަލައެއް ދާ ހިނދު،...