ސްކިން ޓެގްސް: އުނދަގޫ ހަންކޮޅުތަކުގެ ފަރުވާ ފަސޭހަ!
ސްކިން ޓެގްއަކީ ގައިގެ ހަމާ އެއްކުލައެއްގައިވާ، ތަދު އިހުސާސް ނުވާ، ބޭރަށް އެލިފައި ނުވަތަ އުފުލިފައި ހުންނަ ހަންކޮޅުތަކަކަށް ކިޔާ ނަމެކެވެ. އުމުރު މައްޗަށް ދާވަރަކަށް ހަށިގަނޑުގެ އެކި ތަންތަނުގައި މިފަދަ ކުދި ހަންކޮޅުތައް ނުވަތަ ސްކިން ޓެގްސް އުފެދުމަކީ ވަރަށް އާންމު މައްސަލައެކެވެ.
އާންމުކޮށް ސްކިން ޓެގްސް ހުންނަނީ ދެހަން ކޭއްތޭ ދިމާތަކުގަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި ކަރުދަށް، ލޮލުގެ ވަށައިގެންވާ ހަމުގެ ފަށަލަ، ލަދުވެތި ގުނަވަން...