ބަންދުގައި ހުއްޓާ މަރުވާން އުޅުނު މީހާއަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ
ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވާ އުޅުނު މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އެ މީހާ އަމިއްލައަށް މަރުވާ އުޅުނީ މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:12 ގައި ކަމަށެވެ. އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވީ މިއަދު 15:18 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު،...