މޯލްޑިވް ގޭހުން ގެއްލުނު ފައިސާ ހޯދަން މަސައްކަތް ފަށައިފި
ގޭސް ސަޕްލައިކޮށްދޭ ބޭރުގެ ކުންފުންޏަކަށް އެޑްވާންސް ފައިސާ ދެއްކުމަށްފަހު ގޭސް ނުލިބުމުން، އެ ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ފަށައިފައިވާ ކަމަށް މޯލްޑިވް ގޭހުން ބުނެފި އެވެ.
މި މައްސަލަ ފެންމަތިކުރުވީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ފަރާތުންނެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، މޯލްޑިވް ގޭހުން ގޭސް ގަތުމަށް ބޭރުގެ ކުންފުންޏަކަށް ފައިސާ ދެއްކި ނަމަވެސް،...