ސިނގިރޭޓު ބޯ މީހުންގެ އަތަށް ކުޑަކުދިން ދިނުމުގެ ނުރައްކަލަކީ ކޮބާ؟
ގިނަ މީހުން ގަބޫލުކުރާ ގޮތުގައި، ކުޑަކުދިން ސިނގިރޭޓް ބޯ މީހުންގެ އަތަށް ދޭން ނުވާނީ ހަމައެކަނި އެމީހުން ސިނގިރޭޓް ބޯ ވަގުތުގަ އެވެ. ނަމަވެސް، މިއީ ފުރިހަމައަށް ރަނގަޅު ވިސްނުމެއް ނޫނެވެ.
އެއީ ސިނގިރޭޓް ބުއިމަށްފަހު ވެސް، ގެއްލުން ހުރި ކެމިކަލްތަކުގެ އަސަރު ސިނގިރޭޓް ބޯ މީހުންގެ އިސްތަށިގަނޑާއި ހެދުމުގައި ހުންނަ ކަމަށް ދިރާސާތަކުން ދައްކާފައިވާތީ އެވެ. މިކަމުގެ ސަބަބުން ކުޑަކުދިން އުރާހަދާއިރު، މި ޒަހަރުވެރި މާއްދާތައް އެކުދިންގެ ނޭވާލެވުމުގެ ނިޒާމަށް...