މޯލްޑިވް ގޭސްގެ ފައިސާތައް ގެއްލުނު މައްސަލަ އޭސީސީން ބަލަނީ
ރާއްޖެއަށް 1000 މެޓްރިކް ޓަނުގެ ގޭސް ޝިޕްމެންޓެއް ގެނައުމަށް ބޭރުގެ ޕޭޕާ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި 260،000 ޑޮލަރު ދީގެން މޯލްޑިވް ގޭސް އިން ހިންގި ވައްކަމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ މޯލްޑިވް ގޭސް އިން ގޭސް ގަތުމަށް ބޭރުގެ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާ ގެއްލިފައިވާ...