"ކޮމްޕިއުޓަރު ސިކުނޑި" އަކުން ސްޓްރޯކްޖެހި ވާހަކަ ނުދެއްކޭ މީހުންނަށް އާ އުއްމީދެއް!
ސައިންސްވެރިން އަލަށް އީޖާދުކުރި "ކޮމްޕިއުޓަރު ސިކުނޑި"އަކާއެކު ސްޓްރޯކްގެ ސަބަބުން ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް އާ އުއްމީދެއް ލިބިއްޖެ އެވެ.
އިންސާނާގެ ސިކުނޑިން ވިސްނާ ވިސްނުން ބަސްތަކަށް ބަދަލު ކޮށްދޭ އެ ޓެކްނޮލޮޖީ މިހާރު އޮތީ ޓެސްޓް މަރުހަލާގައި ނަމަވެސް އުއްމީދީ ނަތޖާތަކެއް ލިބެމުން އަންނަ ކަމަށްވެ އެވެ.
އެގޮތުން ސްޓްރޯކްއެއްގެ ސަބަބުން ވާހަކަ ނުދެއްކޭ 47 އަހަރުގެ އަންހެނެއްގެ ސިކުނޑިއަށް އެ ޑިވައިސް ލައްވާފައިވާއިރު އެއިން އޭނާ ބުނަން...