ހައި ކޯޓުން އަކްރަމްގެ ޕާސްޕޯޓް މައްސަލަ ބަލައިގަންނަން ނިންމައިފި
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން ބާތިލުކޮށް، އެ މައްސަލަ ބަލައިގަންނަން ހައި ކޯޓުން ނިންމައިފި އެވެ.
މި މައްސަލަ ބެއްލެވީ ހައި ކޯޓުގެ ފަނޑިޔާރު ހުޒައިފާ މުހައްމަދު، ފަނޑިޔާރު މުހައްމަދު ޝަނީޒް ޢަބްދުﷲ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.
ތިން ފަނޑިޔާރުންގެ މަޖިލީހުން މި މައްސަލަ ބެލުމަށްފަހު، އޭގެ ތެރެއިން ދެ ފަނޑިޔާރުން...