ރަސްދޫގައި ފިހުނު މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފި
އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފި އެވެ.
މި ހާދިސާގައި ފިހުނު ފިރިހެން މީހާ އިއްޔެ ހެނދުނު އޭނާ އިންޑިއާއަށް ގެންދިޔައިރު އޭނާގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަމަށްވެސް އާއިލާއިން ފާހަގަކޮށްފައިވެ އެވެ.
އޭނާގެ ހާލަތު ރަނގަޅުވަމުން އައުމާއެކު ވެންޓިލޭޓަރުން އިއްޔެ ވަނީ ނަގައިފަ އެވެ. ނަމަވެސް އިންޑިއާއަށް ފުރުވާލުމާ ހަމައަށް އޭނާއަށް ފަރުވާ ދެމުން ގެންގޮސްފައި ވަނީ އައިސީޔޫގަ އެވެ.
މިދިޔަ މަހުގެ...