މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަނީ
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފި އެވެ. ދުބާއީގެ ކުންފުންޏަކުން ތަރައްގީކުރި އެއާޕޯޓު ހިންގަނީ އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްގެންނެވެ. ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރު ކުންފުނިން ބުނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތަށް ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އަދި މި ޓާމިނަލްގެ މަސައްކަތް ހަވާލުކުރެވޭނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކަމަށް އެ ކުންފުނިން ބުނެ އެވެ. އައިލެންޑް...
0 Commenti 0 condivisioni