އައްޑޫ ސަވާހިލީގައި ފަތުރުވެރިކަން ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފި
ސ. ފޭދޫއާ އެއް ފަޅެއްގައި އޮންނަ އޮންނަ ސަވާހިލީގައި ފަތުރުވެރިކަން ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށްފައިވާ ގޮތުގައި، މި ރަށް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ރާއްޖެއާއި ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވެ އެވެ.
ބީލަމުގައި ބައިވެރިވާން ބޭނުންވާ ދިވެހި ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކަން ހަމަޖެހިފައިވަނީ 15,000 ރުފިޔާއަށެވެ. އަދި ބޭރުގެ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް...