ޝާހްރުކް ޚާންއާއި އާއިލާ އެމީހުންގެ ގެ ދޫކޮށް ނުކުމެއްޖެ
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންއާއި އޭނާގެ އާއިލާ އެމީހުންގެ މަޝްހޫރު ގެ، "މަންނަތު" ދޫކޮށް އެހެން ގެއަކަށް ބަދަލުވެއްޖެ އެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި ޝާހްރުކް ޚާންއާއި އޭނާގެ އާއިލާ މަންނަތުން ނުކުމެފައިވަނީ އެ ގޭގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށެވެ. އެގޮތުން އެ ގޭގެ މަރާމާތު ނިންމުމަށް ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ހޭދަވާއިރު އެ މުއްދަތުގައި އެ އާއިލާ ދިރިއުޅޭނީ މުމްބާއީގެ ޕާލީ ހިލްސްގައި ހުންނަ ލަގްޒަރީ...