މީހެއްގެ ސޮއިން އެމީހަކީ ކޮންކަހަލަ މީހެއްކަން ހާމަކޮށްދީފާނެތަ؟
މީހެއްގެ ސޮއިން އެ މީހެއްގެ ޝަޚްސިއްޔަތާއި އަހުލާގީ ސިފަތައް ދޭހަވެދާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.
ސޮއި ދިރާސާކުރާ ބައެއް ސައިކޮލޮޖިސްޓުން ދެކޭގޮތުގައި، ސޮއިގެ ބޮޑުމިނާއި، ސޮއިކުރެވިފައިވާ ގޮތާއި، ސޮއިގެ ސާފުކަމުން އެ މީހެއްގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، އުންމީދުތަކާއި އެހެން މީހުންނާ ގުޅުން ބަހައްޓާ މިންވަރު އެނގިދާނެ އެވެ.
މިގޮތުން ބޮޑު ސޮޔަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރާ މީހުންގެ ސިފައެއް ކަމަށާއި، ކުޑަ ސޮޔަކީ މަޑުމައިތިރި މީހުންގެ...